ފިތުރު ޢީދަށް ހާއްސަކޮށް ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ނެރެފި

ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވައިބަރ ސްޓިކަރ ޕެކެއް މިއަދު ނެރެފިއެވެ. ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާ...

23 Jun 2017 | 14:34

ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވައިބަރ ސްޓިކަރ ޕެކެއް މިއަދު ނެރެފިއެވެ.

ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓިކަރ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެއެވެ. އަދި މި ސްޓިކަރ ޕެކްގައި ހުވަދޫ ބަހާއި އައްޑޫބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހއްދުތަކުގެ ބަހުރުވައިން ބައެއް ސްޓިކަރ ތައްޔާރުކޮށްފައިވާނެއެވެ.

ވައިބަރ ގެންގުޅޭ ކޮންމެ ފަރާތަކަށްވެސް މި ސްޓިކަރ ޕެކް ހިލޭ ލިބޭނެއެވެ.

ދާދި ފަހުން ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ޝޯއާ ގުޅުވައިގެންވެސް ދިރާގުންވަނީ ވަރަށް މަގްބޫލު ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް