ޢީދު ބަންދާއި ދިމާކޮށް ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ހަތަރު އުޅަނދެއް ފުރުން ހުއްޓުވައިފި

ފިޠުރު އީދު ބަންދާއި ދިމާކޮށް  އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްގެންދާއިރު މިހާތަނަށް ހަތަރު އުޅަނދެއް ފުރުން ހުއްޓުވާފައިވާކަމުގައި އެމްއ...

23 Jun 2017 | 14:22

ފިޠުރު އީދު ބަންދާއި ދިމާކޮށް  އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްގެންދާއިރު މިހާތަނަށް ހަތަރު އުޅަނދެއް ފުރުން ހުއްޓުވާފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މާލޭ ސަރަހައްދުން މިހާތަނަށް 52 އުޅަނދެއް ޗެކް ކޮށްފައިވާއިރު އޭގެތެރެއިން ހަތަރު އުޅަނދެއް ދަތުރު ކުރުން ހުއްޓުވާފައި ވާކަމަށެވެ. އެ ހަތަރު އުޅަނދަކީ ހަތަރު ލޯންޗް ކަމަށާއި އެ ހަތަރު ލޯންޗް ދަތުރު ކުރަން ހަމަޖެހިފައިއޮތީ އއ އަތޮޅާއި ވ އަތޮޅަށް ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އުޅަނދުތައް ދަތުރުކުރުން ހުއްޓުވާފައިވާ ސަބަބުތަކަށް ބަލާއިރު ސަލާމަތީ ސެޓިފިކެޓް ނެތުން، ކެޕްޓަން އަތުގައި ލައިސަންސް ނެތުން، ޖީޕީއެސް ނެތުން، އަލިފާން ނިއްވާ ފުޅި ނެތުން އަދި މެރިން ވީއެޗްއެފް ސެޓް ނެތުން ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް