ކ ގުރައިދޫ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ކުދި ޕެކެޓްތަކެއް ލައްގާފައިވުމުން އެ ރަށުގައި ގާއިމްވެ ތިބޭ ފުލުހުން ނިކުމެ އެތަކެތި ހޮވަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން ގުރައިދޫން ވާހަކަދެއްކި މީހަކު ބުނީ ރަށަށް މަސްތުވާތަކެތި ލައްގާފައިވާކަން އެނގުނީ ތުނޑި ސަރަހައްދު ކުނިކަހަން އުޅުނު މީހަކަށް މިއަދު ހެނދުނު 7:00 ހާއިރު ކަމަށެވެ.
"ތަންކޮޅެއް އުމުރުން ދުވަސްވީ މީހަކަށް އެންމެ ފުރަތަމަ ފެނުނީ، އެއީ ކުނިކަހަން އުޅުނު މީހެއް، އެމީހާ އެ ތަކެތި ކުނި ގޯންޏަށް އެޅީ، ދެން އިތުރު މީހެއްގާތު އެވާހަކަ ބުނީމަ ފުލުހުންނަށް ރިޕޯޓް ކުރީ، އެ ޕެކެޓްތައް ހުރީ ކަޅުކުލައިގަ" ގުރައިދޫން ވާހަކަދެއްކި މީހާ ބުންޏެވެ.
ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ ގުރައިދޫގެ މުޅި ފުއްޓަރު ފަރާތުގެ ގޮނޑުދޮށުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތައް ލައްގާފައި ހުރި ކަމަށާއި އެ ސަރަހައްދު ކޯޑަން ކުރުމަށްފަހު އެތަކެތި ހޮވުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް