ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރަކު ރޯދަ މަހު މާ ކުރުކޮށް ހެދުން އަޅައިގެން ހުރިކަމަށް ފުނެ ފިރިހެނަކު އެ އަންހެން މީހާ ގައިގަ ޖަހައިފި އެވެ.
އުމުރުން 21 އަހަރުގެ އެ އަންހެން މީހާ ކޮލެޖު ނިންމުމަށް ފަހު ބަހުގައި ގެއަށް ދަނިކޮށް އެ ފިރިހެން މީހަ ވަނީ މީހުން ތިއްބަ ބަސްތެރޭގައި އަންހެން މީހާގެ މޫނުގައި ޖަހާފަ އެވެ. އޭގެ ކުރިން ކައިރީ އިނދެގެން ރޯދަ މަހު ދުވާލު ތިހާ ކުރު އެއްޗެހި ލާން ލަދު ނުގަނޭތޯ އެހިކަމަށްވެ އެވެ. އަދި ރޯދަ މަހު ހެދުން އަޅަނީ އެހެންތޯ ސުވާލު ކުރި ކަމަށްވެ އެވެ.
އަންހެން މީހާ ގައިގަ ޖެހުމަށް ފަހު އޭނާ ވަނީ ބަހުން ފައިބައިގެން ގޮސްފަ އެވެ. ފަހުން އަންހެން މީހާ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން އޭނާ ހައްޔަރުކުރި ކަމަށް ވިޔަސް ފަހުން ވަނީ ދޫކޮށްލާފައި އެވެ. އެކަމާ އަންހެން މީހާ ހިތްހަމަ ނުޖެހިގެން ބުނެފައިވަނީ އެމީހާ ދޫކޮށްލާފައި ހުންނަހާ ހިނދަކު މަގުމަތީގައި ހިތްހަމަޖެހިގެން ބިރެއްނެތި ހިނގާނުލެވޭނެ ކަމަށެވ
މިދިޔަ އަހަރުވެސް ތުރުކީގައި ރޯދަމަހު ދުވާލު އަންހެނަކު ކުރު އެއްޗެހި ލައިގެން މަގުމަތީގަ އުޅުމުން ފިރހެނަކު ވަނީ ހަމަލާދީފައި އެވެ. އެމީހާއަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް