ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ދަނީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމަށް ތައްޔާރުވަމުންނެވެ.
އެހެންވެ މި ދުވަސްވަރު މަންމަ ބައިވެރިވާ ހަފްލާތަކާއި އިވެންޓުތަކާއި ބޮލީވުޑް ތަރިން ބައިވެރިވާ އިވެންޓުތަކުން ޖާންވީ ފެންނަލެއް އިތުރެވެ. އަދި ޝްރީދޭވީވެސް ޖާންވީއާއި ބެހޭ ގޮތުން މީޑިއާގައި އެއްޗެއް ނުބުނެ ނިންމާލާ އެއްވެސް އިވެންޓެއް ނުދެ އެވެ.
މިދިޔަ ހަފްތާގައި ބޮލީވުޑްގެ ތަރިންތަކެއް ބައިވެރިވި ހަފްލާއެއްގައި ޖާންވީއަށް ބޮލީވުޑަށް ގިނަ ތަރިންތަކެއް މަރުހަބާ ކީކަމަށްވެ އެވެ. އޭގެ ތެރެއިން އިންޑިއާގެ މީޑިއާ އަޅައިގަތީ ރަންބީރު ކަޕޫރު ޖާންވީއަށް މާ ހާއްސަ މަރުހަބާއެއް ކީ ވާހަކަ އެވެ. އަދި އެކަމާ ޖާންވީ އުފަލުން ޕާޓީތެރޭގައި މާ އަސަރުން ފުރިގެންވާ ގޮތަކަށް އުޅުނުކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ޝްރީދޭވީ އާއި ސުވާލު ކުރުމުން އޭނާ ބުނީ އެ ހަބަރު ނޫސްތަކުގައި ރިޕޯޓު ކުރުމުން ޖާންވީ ވަރަށް ރުޅިއައި ކަމަށެވެ. އަދި އެއީ ދޮގެއްކަން ބުނެދިނުމުގެ ގޮތުން ރަންބީރު އޭނާއަށް މަރުހަބާ ކީއިރު ހުރީ "އިންގްލިޝް ވިންގްލިޝް" ގެ ޑައިރެކްޓަރު ގޯރީ ޝިންޑޭ ކައިރީގައި ކަމަށް ބުނެ އޭނާ ކައިރިން އެހުމަށް އެދުނު ކަމަށެވެ.
ޝްރީދޭވީ ބުނީ އޭނާ މިހާރު ޖާންވީއަށްވާނީ ބޮލީވުޑަކީ އެއީކަން ބުނެދީ ޖާންވީ އާއި ގުޅޭގޮތުން ލިޔާ އެފަދަ ހަބަރުތަކަށް ރުޅި ނައިސް އަޅާނުލާ ދޫކޮށްލުމަށް ބުނެދީފައި ކަމަށެވެ. އޭނާ ބުނީ ބޮލީވުޑްގައި ހޭދަ ކުރި ދުވަސްތަކުގައި ޝްރީދޭވީ އާއި ގުޅޭގޮތުންވެސް އެތައް ދޮގު ހަބަރުތަކެއް ނޫސްތަކުގައި ޖެހިކަމަށެވެ.
ޝްރީދޭވީ ބޮލީވުޑަށް ތައާރަފުވީ 1975 ގައި ރިލީޒްވި "ޖޫލީ" އިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ދަރިފުޅު ޖާންވީ ބޮލީވުޑަށް ތައާރަފުވާނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް