ގާޒީގެ ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އިއްޔެރޭ ފަތިސް ނަމާދަށް ހުންނަވަނިކޮށް ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓު ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަ...

22 Jun 2017 | 22:36

އިއްޔެރޭ ފަތިސް ނަމާދަށް ހުންނަވަނިކޮށް ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓު ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އެ ރަށަށް ނިސްބަތްވާ 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. އެމީހުން ހައްޔަރު ކުރީ ރޭ 9:30 އެހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

ޕެޓްރޯލް އަޅައި ރޯކޮށްލުމުން ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި، އެ ސައިކަލާ ޖެހިގެން ހުރި، އެ ރަށުގެ ޓީޗަރެއްގެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

މެޖިސްޓްރޭޓު ހަސަން ދީދީ މީޑިއާގައި ވިދާޅުވެފައިވަނީ ސައިކަލުގައި ރޯކޮށްލީ އޭނާގެ ގެ ހުންނަ މަގުން ބާރަށް ސައިކަލު ދުއްވާތީ އެކަން ނުކުރުމަށް ޒުވާނުންތަކަކަށް ނަސޭހަތްތެރިވެފައިވަނިކޮށް ކަމަށެވެ. އަދި ތަކުރާރުކޮށް އެކަން ކުރާތީ އެމީހުންނަށް އިންޒާރުދީފައިވާނެ ކަމަށާއި އެމީހުން މެޖިސްޓްރޭޓުގެ ސައިކަލުގައި ރޯކޮށްލީ އެހެން ހަދާނެ ކަމަށް ބުނެފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސައިކަލުގައި ރޯކޮށްލިތަން ވަނީ އެގަޑީގައި މިސްކިތުން ފޭބި މީހަކަށް ފެނިފަ އެވެ. އަދި އޭނާ ވަނީ އެކަން ކުރި މީހުންނާއި ދެކޮޅަށް ހެކި ބަސްދީފައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް