ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. ފުލުހުން ބުނީ އޭނާ މަރުވީ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކްޕާޓްސް މޯލްޑިވްސްއިން ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ.
މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއް ނޭނގޭ އިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް