ބޮލަކަށް 1،250 ރުފިޔާގެ މަގުން މިއަހަރުގެ ފިތުރު ޒަކާތް ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 3.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަންގާރަ ދުވަހާ ހަމަ އަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން 75،462 މީހުންޒަކާތް ދައްކާފައިވެ އެވެ.
ފަގީރުންގެ ގޮތުގައި މާލެ ސަރަހައްދުން 3180 މީހުން ރެޖިސްޓްރީކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބެހުން އެ މިނިސްޓްރީގައި ކުރިޔަށް ގެންދާނެ ކަމަށެވެ. ޒަކާތް ބަހާނީ މާދަމާ މެންދުރު 2:00 އިން 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 5:30 އަށް ޒަކާތް ދޫކުރާނެ އެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ޒަކާތް ދޫކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ޒަކާތުގެ ގޮތުގައި މިއަހަރު އަތޮޅު ތެރެއިން ލިބުނު ޖުމްލަ އަދަދެއް އަދި ފަގީރުންގެ ގޮތުގައި ރެޖިސްޓްރީ ކުރި މީހުންގެ އަދަދެއް ނޭނގެ އެވެ. އަތޮޅު ތެރޭގައިވެސް މިއަދު ވަނީ ޒަކާތް ބަހަން ފަށާފައި އެވެ.
މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން 12،000 ށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް