ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ރައީސް ޔާމީނާއި އދގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރައްވައިފި

ފޯނުން ގުޅުއްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ރައީސް ޔާމީނާއި އދ ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން މަޝްވަރާކުރައްވައިފި އެވެ. އދ ގެ ސެކްރެޓަރީ ޖެނެރަލާއެކު ކުރެއްވި މަޝްވަރާގައި ރާއްޖޭގެ ސިޔ...

23 Jun 2015 | 15:40

ފޯނުން ގުޅުއްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ރައީސް ޔާމީނާއި އދ ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން މަޝްވަރާކުރައްވައިފި އެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލާއެކު ކުރެއްވި މަޝްވަރާގައި ރާއްޖޭގެ ސިޔާސީ މަސްރަހާމެދު އދ އިން ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކާއި މެދު ރައީސް ޔާމީން އދ އަށް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ. މި މަޝްވަރާތަކާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ފޯނުން ގުޅުއްވާ އދގެ ސެކްރެޓަރީ ޖެނެރަލާއި ރައީސް ޔާމީން މަޝްވަރާ ކުރައްވާފައިމިވަނީ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެ ގްރޫޕަށް ޖަވާބުދާރީ ވުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވިދާޅުވީ ޔޫއެން ވޯކިން ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސަރުކާރަށް އެ މައްސަލަ ހުށަހަޅުއްވާފައިވާކަމަށާއި އެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާއާ ހިސާބަށް އެބަ އޮތް ކަމަށެވެ.

އެ މުހުލަތުގެ ތެރޭގައި ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އިން ދީފައިވާ މުހުލަތުގެ ތެރޭގައި ސަރުކާރުންދޭ ޖަވާބު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިނަމަވެސް ދުންޔާ ވިދާޅުވީ އެ ގްރޫޕުން ހުށަހެޅި ހުށަހެޅުމުގައި ހަގީގަތާއި ހިލާފު ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް