ރޯދަމަހުގެ ފުރަތަމަ ފަސް ދުވަހު ދުވާލު ކައިގެން ހަތް މައްސަލަ

ރޯދަ މަހުގެ ފުރަތަމަ ފަސް ދުވަހު ދުވާލު ގަޑީގައި ކައިގެން ހަތް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އ...

23 Jun 2015 | 09:23

ރޯދަ މަހުގެ ފުރަތަމަ ފަސް ދުވަހު ދުވާލު ގަޑީގައި ކައިގެން ހަތް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެއާއި ހަމައަށް ދުވާލު ކައިގެން ހަތް މައްސަލައެއް ހުށަހެޅިފައިވާއިރު މިމައްސަލަތަކާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބަންދުގައި އެބަތިބި ކަމަށެވެ.

އަދި ބަންދުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ދެވަނަ ރޯދަ ދުވަހު ބަންދުގެ މުއްދަތަށް ކޯޓުން ހަތް ދުވަސް ޖަހާދީފައިވާއިރު އެކެއްގެ ބަންދުގެ މުއްދަތަށް އިއްޔެ ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާކަމަށެވެ.

ރޯދަ މަހު ދުވާލުކައިގެން ހައްޔަރު ކުރި އެންމެންނަކީވެސް ފިރިހެނުން ނެވެ.

ރޯދަމަހުގެ ދުވާލު ވަގުތު ކައިބޮއެ ހެދުމުގެ އިތުރަށް ސިނގިރެޓް ބޮއެގެން މިދިޔަ އަހަރުތަކުގައި ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޖަލު ހުކުމް ވެސް އައިސްފައިވާއިރު އާންމުކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް