ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް އެ ޒުވާނުންނަށް ވަޒީގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދާ "ސްޓެޕް އެޕްރެންޓިސްޝިޕް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 22 ގެ ނިޔަލަށެވެ. މި ޕްރޮގްރާމަކީ ޓޫރިޒަމް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން މީގެ ދެ ޕްރޮގްރާމް ހިންގާފައި ވެ އެވެ.
މި ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާއިރު ގްރޭޑް ހަތެއް ފުރިހަމަ ކޮށްފައިވުމާއެކު އިނގިރޭސި ބަހުން ވާހަކަދައްކަން އިނގޭ ކޮންމެ މީހަކަށްވެސް ބައިވެރިވުމަށް އެޕްލައި ކުރުމުގެ ފުރުސަތު އޮވެ އެވެ.
ދިހަ ރިސޯޓަކުން ބައިވެރިވާ ސްޓެޕް ޕްރޮގްރާމަކީ ޒުވާނުން ރިސޯޓްތަކަށް ގެންގޮސް ތަމްރީން ކުރުމަށް ފަހު އެ ތަންތަނުން ވަޒީފާ ދޭ ގޮތަށް ރާވާފައިވާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް