ބަރުދަނުގައި 412 ކިލޯ ހުންނަ އިނގިރޭސި ވިލާތުގެ އެންމެ ފަލަމީހާ އުމުރުން 33 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ކާލް ތޮމްސަން ނަކަމަށްކިޔާ މިމީހާ މަރުވެފައިވާކަން އެ އަވަށުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު މަރުވުމުގެ އިރުކޮޅެއް ކުރިން "އެޕަލް ކްރަމްބަލް" އަދި "އައިސްކްރީމް" އޯޑަރު ކުރިކަމަށް މީޑީއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ތޮމްސަންގެ ހަށިގަނޑު ގެއިން ނެރުމަށް އެ އަވަށުގެ އެމަޖެންސީ ހިދުމަތުން އެތަށް ގަޑިއިރަކު މަސައްކަތް ކުރި އެވެ. ތޮމްސަންގެ ހަށިގަނޑު ގެއިން ނެރެފައިވަނީ ކެރޭނެއްގެ އެހީގަ އެވެ.
ތޮމްސަން މަރުވެފައިވާއިރު ދުވާލެއްގެ މައްޗަށް ދިހަހާސް ކެލަރީގެ ކެއުމާއި ބުއިން ތޮމްސަން ބޭނުންކުރެ އެވެ. ގެއިން ނުނިކުމެ ކޮޓަރީގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ތޮމްސަން ސަލާމަތްވާނީ ހަށިގަނޑުގެ 70 އިންސައްތަ ބަރުދަން ލުއިކޮށްގެން ކަމަށް ޑޮކްޓަރު ވަނީ ކުރިން ބުނެފަ އެވެ.
ތޮމްސަން އާންމުކޮށް ކެއުން އޯޑަރު ކުރާ ތަނުން ބުނެފައިވަނީ މި ފަހަކަށް އައިސް ބަރުދަން ލުއި ކުރުމަށް ކެއުމަށް އޯޑަރު ކުރާ އަދަދު މަދު ކަމަށާއި އެހެން ނަމަވެސް ހަފްތާއެއްގެ ތެރޭގައި ކެއުމަށް 300 އަށްވުރެ ގިނަ ޑޮލަރު ކެއުމަށް ހޭދަ ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް