ހިތަދޫ އެކްސިޑެންޓުގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އިއްޔެ ހެނދުނު 10:00 އެހާކަންހާއިރު ހިތަދޫ ބޮޑު މަގު، ސިޓީ ސެންޓްރަލް ކައިރީގައި ހިނގި އެ...

23 Jun 2015 | 07:01

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އިއްޔެ ހެނދުނު 10:00 އެހާކަންހާއިރު ހިތަދޫ ބޮޑު މަގު، ސިޓީ ސެންޓްރަލް ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ހިތަދޫ، ނާދިރާ މަންޒިލް، އަލީ ސާދިމް،23، އެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ސައިކަލް ދުއްވަނިކޮށް ފުލުހުން މަގުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑް ތަކެއްގައި ޖެހިގެންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓުގައި ޒަހަމްވި ސާދިމްގެ ބޯފަޅައިގެން ގޮސް މޫނުމައްޗަށް ގެއްލުންތަކެއް ލިބި އިތުރު ފަރުވާ ބޭނުންވާތީ މާލޭ ފޮނުވާލީ އިއްޔެ މެންދުރު ކަމަށެވެ.

ސާދިމް އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އެ ހޮސްޕިޓަލުން ސާދިމް ބެލި ޑޮކްޓަރުންގެ ލަފާގެ މަތިން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އޭޑީކޭއިން ބުނީ ސާދިމްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާޑެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް