މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ސެލޯފިންކޮޅާއެކު ގއ. ވިލިނގިލިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2015 ޖޫން 22 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި އެމީހުން ތިބި ތަން ބަލައި ފާސްކޮށް ކަމަށާއި އެ މީހުން ތިބި ތަނަށް ފުލުހުން ވަތްއިރު، އެ މީހުން ތިބީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ބަންދުކުރާން ކަމަށާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ 119 ސެލޯފިންކޮޅު އެމީހުން ތިބި ތަނުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް