ފޯނުން މެސެޖް ކުރަމުން ހިނގާފައިދަނިކޮށް ކާނު ގަނޑެއްގައި ތާށި ވެއްޖެ

ޗައިނާގެ ލޫޅާފަތި ޒުވާން އަންހެންކުއްޖަކު ފޯނުން މެސެޖް ކުރަމުން ހިނގާފައިދަނިކޮށް ފެން ހިންދާ ކާނުގަނޑެއްގައި ރަނގަޅަށް ތާށިވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކާނުގަނޑުގައި މި ޒުވާނާގެ ފައިތާށ...

23 Jun 2015 | 06:44

ޗައިނާގެ ލޫޅާފަތި ޒުވާން އަންހެންކުއްޖަކު ފޯނުން މެސެޖް ކުރަމުން ހިނގާފައިދަނިކޮށް ފެން ހިންދާ ކާނުގަނޑެއްގައި ރަނގަޅަށް ތާށިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކާނުގަނޑުގައި މި ޒުވާނާގެ ފައިތާށިވުމުން މި ޒުވާނާ ސަލާމަތް ކޮށްދިނީ އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ކުރި މަސައްކަތުންނެވެ.

މަންޒަރުދުއް ފަރާތަކުން ސޯޝަލް މީޑީއާގައި ފޮޓޯ އާންމު ކުރުމަށްފަހު ބުނެފައިވަނީ އެ ޒުވާނާގެ ފައި ކާނުގަނޑުގެ ތެރޭގައި ތާށިވީ ކަންފަތަށް ހެޑްފޯނު ޖަހައިގެން ހުރެ މެސެޖް ކުރަމުންދަނިކޮށް ކަމަށާއި މީހުން އެއްވެ އޭނާ ސަލާމަތް ކުރަން އުޅުމުން އެ ޒުވާނާ ވަރަށް ލަދުން އުޅުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް