ނާޒިމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

މިއަދު ބާއްވަން އޮތް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުން ކެންސަލް ކޮށްފި އެވެ. މިއަދު ބާއްވަން އުޅުނީ އިސްތިއުނާފީ ޝަރީއަތުގެ ...

23 Jun 2015 | 06:16

މިއަދު ބާއްވަން އޮތް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުން ކެންސަލް ކޮށްފި އެވެ.

މިއަދު ބާއްވަން އުޅުނީ އިސްތިއުނާފީ ޝަރީއަތުގެ ތިން ވަނަ އަޑުއެހުމެވެ. މި އަޑުއެހުން ތާވަލްކޮށްފައިއޮތީ މިއަދު 11:00 އަށެވެ. މި އަޑު އެހުން ކެންސަލް ކުރީ ކޮން ސަބަބަކާ ހުރެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ. މި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިމިވަނީ ހައިކޯޓުގައި މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރަން ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.

މިއަދު ބާއްވަން އުޅުނު ޝަރީއަތުގައި ތާވަލްކޮށްފައިއޮތީ ނާޒިމްގެ ފަރާތުން ވާހަކަ ދެއްކުމެވެ. ނާޒިމް މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރުންގެ ތެރެއިން ދެކުނު ގޮތްޕަށް ބަދަލުކޮށްފައިވަނީ ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް