ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް ހައްޔަރުކުރި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ފުލުހުން ނަސޭހަތްތެރިވުމަށްފަހު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ޝިފާޒް ހައްޔަރުކުރީ އަޑުގަދަކުރާ ބޭނުންކުރުނަ މަނާ ވަގުތެއްގައި ސައުންޑްސިސްޓަމް ބޭނުންކޮށްގެން އާންމުންނަށް އުނދަގޫވާގޮތަށް ވާހަކަދެއްކުމުން ކަމަށެވެ. އަދި ނަސޭހަތްތެރި ވުމަށްފަހު ޝިފާޒް މިހާރު ދޫކޮށްލާފައިވާކަމަށެވެ.
ކުއްލި ގޮތަކަށް ޝިފާޒް ހައްޔަރުކުރުމުން އެމްޑީޕީން ބުނެފައިވަނީ ފުލުހުން ޝިފާޒް ހައްޔަރުކުރީ ކޯޓު އަމުރެއްނެތި ކަމަށާއި ޝިފާޒް ހައްޔަރުކުރުމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ކުރި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް