ރޯދަމަހާ ދިމާކޮށް މަސްޖިދުލް އަޤްސާއަށް ވަނުމަށް ދިން ހުއްދަ އިޒްރޭލުން ބާތިލްކޮށްފި

ރޯދަމަހާ ދިމާކޮށް ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްސާއަށް ވަނުމަށް އިޒްރޭލުން ދިން ހުއްދަ އެ ގައުމުން ބާތިލު ކޮށްފި އެވެ. އިޒްރޭލުން ބުނީ ފަލަސްތީނަށް ދިން ހުއްދަ ބާތިލުކުރީ ގާޒާގެ ރައްޔިތުންގެ ...

23 Jun 2015 | 05:56

ރޯދަމަހާ ދިމާކޮށް ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްސާއަށް ވަނުމަށް އިޒްރޭލުން ދިން ހުއްދަ އެ ގައުމުން ބާތިލު ކޮށްފި އެވެ.

އިޒްރޭލުން ބުނީ ފަލަސްތީނަށް ދިން ހުއްދަ ބާތިލުކުރީ ގާޒާގެ ރައްޔިތުންގެ އަމަލުތައް ހުރި ގޮތުން ކަމަށާއި ހުއްދަ ދިނުމުން އިޒްރޭލުގެ ސިފައިންނާ ދިމާކުރުމާއި ހަމަލާދިނުން އާންމުވެފައިވާކަމަށާއި އެހެންކަމުން އެ ހުއްދަ ބާތިލު ކުރަން މަޖުބޫރު ވީ ކަމަށެވެ.

ރޯދަމަހާ ދިމާކޮށް ގުދުސްއަށް ވަނުމަށް އިޒްރޭލުން ފަލަސްތީނަށް ދިނީ 500 ހުއްދަ އެވެ.

ފަލަސްތީނަށް އިޒްރޭލުން ދިން ހުއްދަ ބާތިލުކޮށްފައިވާއިރު މިދިޔަ އަހަރުގެ ޖުލައި އަދި އޮގަސްޓްމަހުގައި ކުރިއަށްދިޔަ ހަމަލާތަކަށްފަހު ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްސާ ހުންނަ ބިމަށް ވަނުމަށް އިޒްރޭލުން ހުއްދަދިން މީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް