މިދިއަ އަހަރުގެ ޖުލައި އަދި އޯގަސްޓްމަހުގައި އިޒްރޭލުން މެދު ނުކެނޑި 50 ދުވަސް ވަންދެން ފަލަސްތީނަށް ދިން ހަމަލާގައި އިޒްރޭލާއި ފަލަސްތީނުންވެސް ހަނގުރާމައިގާ ޖަރީމާ ހިންގާފައިވާކަމަށް އދ ގެ ރިޕޯޓެއްގައި ބުނުމުން އެކަން ކުށްވެރިކޮށް އެއްވެސް ޖަރީމާއެއް ހިންގާފައި ނުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އދ. އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ހަމާސް ޖަމާއަތުންވެސް އަދި އިޒްރޭލުންވެސް ގާޒާ ހަނގުރާމައިގާ ޖަރީމާތައް ހިންގި ކަމަށެވެ. ރައްދުގައި ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ޖަރީމާއެއް ހިންގާފައި ނުވާނެ ކަމަށާއި ހަމަލާދިނީ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން ހަމަލާ ދޭން ފެށުމުން ދިފާއުގައި ކަމަށެވެ.
އދގެ ރިޕޯޓަށް ނަތަންޔާހޫ ރައްދު ދީފައިވާއިރު އެ ރިޕޯޓްގައި އިޒްރޭލުން ޖަރީމާ ހިންގި ކަމަށް ބުނެފައިއޮތުމުން ހަމާސް ޖަމާއަތުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ހަމާސްއިން ޖަރީމާ ހިންގި ކަމަށް އެ ރިޕޯޓްގައި އޮތުމުން ހަމާސްއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް