އައިއެސް އަތުން ޕަލްމީރާ އަނބުރާ ހޯދުމުގައި ސީރިއާއިން ކާމިޔާބުތަކެއް ހޯދައިފި

އައިއެސްގެ ބާރުގެ ދަށަށް ގެންގޮފައިވާ ސީރިއާގެ ތާރީހީ އަދި އާސާރީ ރަށެއް ކަމަށްވާ ޕަލްމީރާ (ތަދްމުރު) އަނބުރާ ހޯދުމުގައި ސީރިއާގެ ސިފައިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މަސްރަހު ގާތުން ބަލަމުން އަ...

23 Jun 2015 | 05:52

އައިއެސްގެ ބާރުގެ ދަށަށް ގެންގޮފައިވާ ސީރިއާގެ ތާރީހީ އަދި އާސާރީ ރަށެއް ކަމަށްވާ ޕަލްމީރާ (ތަދްމުރު) އަނބުރާ ހޯދުމުގައި ސީރިއާގެ ސިފައިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މަސްރަހު ގާތުން ބަލަމުން އަނން ފަރާތްތޔަކުން ބުނެފި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެ ސަރަހައްދުގެ މަސްރަހު ގާތުން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓްސް އިން ބުނެފައިވަނީ ޕަލްމީރާ އަނބުރާ ހޯދޭނެ ކަމުގެ އުންމީދު މިހާރު ސީރިއާގެ ސިފައިންނަށް ބޮޑުވެފައިވާކަމަށާއި އެ ސަރަހައްދުގައި އައިއެސްއިން ދޭ ރައްދު ހަމަލާ ބަލިކަށިވަމުން އަންނަކަމަށެވެ.

އައިއެސްއިން ޕަލްމީރާ ހިފީ މެއި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ. އައިއެސްގެ ކޮންޓްރޯލް ދަށަށް ޕަލްމީރާ ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސީރިއާ ސިފައިންގެ ފައުޖުތައް އެ ސަރައްދު ދޫކޮށް ދިއުމުންނެވެ. ކޮންޓްރޯލް ދަށަށް ޕަލްމީރާ ގެންދިއުމަށްފަހު ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ގިނަ ބަޔަކު އައިއެސްއިން މެރި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް