ހަރުގޭގަ ވާހަކަ ދައްކަވަނިކޮށް ޝިފާޒު ހައްޔަރުކޮށްފި

އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ފުލުހުން އެތަނަށް ވަދެ، އޭނާ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސ...

23 Jun 2015 | 05:29

އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ފުލުހުން އެތަނަށް ވަދެ، އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާ ތެރެއިން ޝިފާޒު ހައްޔަރު ކުރީ އަޑުގަދަ ކުރާ ބޭނުން ކުރުން މަނާ ވަގުތެއްގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން އާންމުންނަށް އުނދަގޫވާ ގޮތަށް ވާހަކަފުޅު ދެއްކެވުމުން ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ އެމްޑީޕީ ހަރުގޭގައި ރޭ ގަނޑު 11:00 ގެ ފަހުން އަޑުގަދާ ކުރާ ބޭނުން ކޮށްގެން ޕޯޑިއަމްގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށެވެ. ރޭ ޝިފާޒު ހައްޔަރު ކުރުމުންވެސް އެމްޑީޕީގެ ޖަލްސާ ނިންމާލާފައެއްނުވެ އެވެ.

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއް ވެސް ނެތި ކަމަށް، އެމްޑީޕީން ބުންޏެވެ. އަދި އެ އަމަލަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ (އިންތި) ރޭ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އެމްޑީޕީ ހަރުގެއަށް ކޯޓު އަމުރާ ނުލައި ވަތްކަމަށް ފުލުހުންވެސް އެއްބަސްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް