މަހިބަދޫ އަތުން ވިކްޓަރީއަށް މޮޅެއް

ސޯސް: އެމްވީސްޕޯޓްސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ. ގައަުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މިމެޗުން ވިކްޓަރީ މޮޅުވީ 2-0 ލަނޑު...

23 Jun 2015 | 00:19

ސޯސް: އެމްވީސްޕޯޓްސް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

ގައަުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މިމެޗުން ވިކްޓަރީ މޮޅުވީ 2-0 ލަނޑުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް މި ހާފުގައި ވަނީ ލިބިގެން ގޮސްފައެވެ.

ވިކްޓަރީން މެޗުގައި ލީޑު ނެގީ ދެވަނަ ހާފްގެ ފުރަތަމަ ކޮޅުއެވެ. ސަލީމް ދިން ބޯޅައަކުން ވިކްޓަރީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް އޮމޮޑޫ ގޮޑްފްރޭ ވެސްޓްއެވެ.

ވިކްޓްރީގެ ދެވަނަ ގޯލް ބަހުޖަތު ދިން ބޯޅައަކުން މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނިކުތް އަހުމަދު ޒިޔާންއެވެ.

މިމޮޅާއެކު ވިކްޓަރީއަށް ހަ ޕޮއިންޓް ލިބުނުއިރު، މަހިބަދޫއަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް