"އަނިޔާއަކީ ގޮންޖެހުމެއް، އެނބުރި އަންނާނީ ވަރުގަދަ ހިތްވަރަކާއެކު"

ސޯސް: އެމްވީ ސްޕޯޓްސް ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އަދި މާޒިޔާގެ ގޯލް ބަލަހައްޓަމުން އަންނަ އިމްރާން މުހައްމަދަށް ލިބިފައިވާ އަނިޔާ ނަގަނީ ގޮންޖެހުމެއްގެ ގޮތުގައި ކަމަށާއި އެނބުރި ދަނޑަށް ނުކުންނ...

23 Jun 2015 | 00:13

ސޯސް: އެމްވީ ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އަދި މާޒިޔާގެ ގޯލް ބަލަހައްޓަމުން އަންނަ އިމްރާން މުހައްމަދަށް ލިބިފައިވާ އަނިޔާ ނަގަނީ ގޮންޖެހުމެއްގެ ގޮތުގައި ކަމަށާއި އެނބުރި ދަނޑަށް ނުކުންނާނީ އިތުރު ވަރުގަދަ ހިތްވަރަކާއެކު ކަމަށް އޭނާ ބުނެފި އެވެ.

އިމްރާންއަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންގް އަތުން 2-0 އިން ރާއްޖެ ބަލިވި މެޗުގެ ދެވަނަ ހާފުގައިއެވެ.

އިމްރާންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ރޭ ބުނެފައިވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ބޭނުންވާ ކަމަށާއި މިހާރު ލިބިފައިވާ އަނިޔާއަކީ ވެސް ގޮންޖެހުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އަލުން ކުޅުމުގެ ތެރެއަށް އަންނަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށާއި ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ވެސް އިމްރާން ވަނީ ބުނެފައެވެ.

“އަހަރެން ބޭނުން ގޮންޖެހުންތަކާއި ކުރިމަތިލާން، މިކަން މި ނަގަނީ ގޮންޖެހުމެއްގެ ގޮތުގައި. ހާސްނުވޭ، އިިިރާދަކުރެއްވިއްޔާ އަހަރެން ކުރިއަށް ވުރެ ވަރުގަދަކޮށް ދަނޑަށް ނުކުންނާނަން.” އިމްރާންގެ ޓްވިޓާ އެކައުންޓްގައި ލިޔެފައިވެއެވެ.

އިމްރާންގެ އެންޓީރިއާ ކްރުޝިއޭޓް ލިގަމެންޓް (އޭސީއެލް) އިރައިގެން ގޮސްފައިވާއިރު، އޭނާ ހަމަސް ދުވަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ އެވެ. އެހެންކަމުން މިސީޒަނުގެ އެއްވެސް މެޗެއްގައި ދެން އިމްރާންއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް