ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ދެވަނަ ފަހަރަށް ރައުދު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އިއްޔެ ދޫކޮށްލިއެވެ. ފުލުހުން ބުނެފައިވަނީ ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އިޖުރާއީ ލަފާއެއް ލިބުމުންނެވެ.
އިއްޔެ ރައުދު ދޫކޮށްލިއިރު ރައުދު ބަންދުކުރި މައްސަލަ ރައުދުގެ ޢާއިލާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދޫކޮށްލީ އެ އަޑުއެހުން އިއްޔެގެ މެންދުރު ފަހަށް ތާވަލުކޮށްފައިވަނިކޮށެވެ. ދޫކޮށްލުމުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ފަސް ދުވަހު ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް