ހޮނިހިރުހާތާނގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ: އިންޑިއާ މެޓް

ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު)ގައި އުފެދިފައިވާ ކޮޅިގަނޑު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ. އެގޮތުން މީގެ...

23 May 2024 | 17:06

ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު)ގައި އުފެދިފައިވާ ކޮޅިގަނޑު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެގޮތުން މީގެ ގަޑިއިރެއްހާއިރު ކުރިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަންގާޅު ކަނޑުގައި އުފެދުނު ލޯ ޕްރެޝަރު މިހާރު ވެލް މާރކްޑް ލޯ ޕްރެޝަރަކަށް މިއަދު ހެނދުނު 08:00 ހާއިރު ބަދަލުވެފައިވާކަމަށެވެ. އަދި މާދަމާގެ ހެނދުނުގެ ވަގުތެއްގައި ޑިޕްރެޝަން އަކަށް ބަދަލުވާނެކަމަށާއި އަދި އެއަށްފަހު ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސައިކްލޯނިކް ސްޓޯމް (ތޫފާނަކަށް) ބަދަލުވާނެކަމަށެވެ.

މި ކޮޅިގަނޑު މިހާރު ހުރީ ބަންގާޅުކަނޑުގެ ހުޅަނގު ދެކުނުން އިންޑިއާއާ މާ ދުރު ނޫން ހިސާބެއްގައި ކޮޅިގަނޑު ބާރު ގަދަވަމުންދާވަރަކަށް ބަންގާޅު ކަނޑުގެ މެދަށްވާގޮތަށް ދަތުރުކޮށް އަދި އާދީއްތަ ދުވަހު ބަންގްލަދޭޝް އަދި އިންޑިއާގެ ވެސްޓް ބެންގާލް އައްސޭރިއާ ގާތަށް ދަތުރުކުރާނެކަމަށެވެ. އަދި އެހާހަމައަށްވެސް ތޫފާނުގެ ބާރު ދާނީ ގަދަވަމުން ކަމުގައިވެސް ބުނެފައިވެއެވެ.

މި ތޫފާނަށް ދޭނެ ނަމަކީ "ތުފާން ރެމަލް" އެވެ. މި ނަމަކީ އޮމާނުން ދީފައިވާނަމެކެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖޭގައި ވިއްސާރަޔާއެކު ވަޔާއި ކަނޑުތައްވެސް ގަދަވެފައިވާއިރު މި ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުން އަންނަ ކަމުގައި ރާއްޖޭގެ މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް