އަލްސަން ޕީއެންސީއަށް

ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިޚާބުވެލެއްވި އެންމެ ޒުވާން މެންބަރު މުހައްމަދު އަލްސަން އަހުމަދު ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރައްވައިފިއެވެ. އުމުރުން އެންމެ 27 އަހަރ...

23 May 2024 | 17:00

ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިޚާބުވެލެއްވި އެންމެ ޒުވާން މެންބަރު މުހައްމަދު އަލްސަން އަހުމަދު ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރައްވައިފިއެވެ.

އުމުރުން އެންމެ 27 އަހަރުގައި އަލްސަން ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.

އަލްސަން ޕީއެންސީއަށް ގުޅިވަޑައިގަތް ފޯމާއި ހަވާލުވެލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަލްސަން ޕީއެންސީއަށް ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވުމަށް ޕީއެންސީން ނިންމާފައިވާ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މަޖިލީހުގެ ނައިބުރައީސް ކަމަށް ހޮވުމަށް ޕީއެންސީން ނިންމާފައިވާ އަހްމަދު ނާޒިމާއި އެ 20 ވަނަ މަޖިލީހަށް އެ ޕާޓީން ނިންމާފައިވާ ޕީޖީ ގްރޫޕްގެ އިސް އިންތިޚާބީ މެންބަރުން ބައިވެރިވެލެއްވިއެވެ.

އަލްސަން ޕީއެންސީއާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު މިވަނީ 74 އަށް އަރާފައެވެ. އަދި ކޯލީޝަން މެންބަރުންގެ އަދަދާއެކު 79 އަށް އަރައެވެ. އެއީ ސާފު ސުޕަރ މެޖޯރިޓީއެކެވެ.

އާ މަޖިލީހަށް އިންތިޚާބުވެވަޑައިގަތް މެންބަރުން އަންނަ އަންގާރަ ދުވަހު ހުވާކުރައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް