އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި ތަޙުޤީޤުކުރަމުން އަންނަނީ ނޯތު ޕޮލިސް އޭރިއާގައި ހުށަހެޅުނު މައްސަލައެކެވެ. ނޯތު ޕޮލިސް އޭރިއާގައި ހިމެނެނީ ނ. އަތޮޅާއި ރ. އަތޮޅާއި، ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. ނަމަވެސް މި މައްސަލައާއިގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން މިފަދަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް