"ޗައިނާ ވައިޓް" ނަމަކަށްކިޔާ، މަސްތުވާތަކެތީގެ މާ ބާރުގަދަ ބާވަތަކާއި ގުޅިގެން ޢާއްމު ސަލާމަތްތެރިކަމުގެ އެލާޓެއް

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިއަދު އާއްމު ސަލާމަތްތެރިކަމުގެ ސަމާލެއް ނެރެފިއެވެ. މި ސަމާލު އެ މިނިސްޓްރީން ނެރެފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވ...

23 May 2024 | 13:59

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިއަދު އާއްމު ސަލާމަތްތެރިކަމުގެ ސަމާލެއް ނެރެފިއެވެ.

މި ސަމާލު އެ މިނިސްޓްރީން ނެރެފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާއްމުކޮށްކިޔާ ނަމުންނަމަ "ޗައިނާ ވައިޓް" ވަނީ ބައިނަލްއަޤުވާމީ މާކެޓްގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީކަމަށް ބުނެއެވެ.

"މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ، ނުރައްކާތެރި އެއްޗަކަށްވާތީއާއި މިބާވަތުގެ މަސްތުވާތަކެއްޗަކީ، އެބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާއެއްޗެއް، އެހެންކަމުން މިކަން ޢާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިޢުލާނުކުރީ" ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ދަނީ ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް