މިއަދު އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ދެކުދިން ސަލާމަތް ކުރުމަށް މަސައްކަތްކުރި 18 އަހަރުގެ ފިރިހެން ކުއްޖާ އުނގޫފާރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ތަރުޖަމާނު ދުވަހަށް އެކަން ކަށަވަރުކޮށްދެއްވިއެވެ.
އޭނާ ވިދާޅުވީ ކުޑަ ދެކުދިންގެ ހާލު ސްޓޭބަލް ކަމަށެވެ.
ދުވަހަށް އެ ރަށުން މައުލޫމާތު ހިއްސާކުރި މީހަކު ބުނީ ކުޑަ އެ ދެކުދިން ފެންގަނޑުގެ ތެރޭގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހުނީ ކައިރީގައިހުރި ހޮޅިދަނޑިންކަމުގައި ބެލެވޭ ކަމަށެވެ. އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ 18އަހަރުގެފިރިހެންކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް