އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުނު ކުދިންތަކެއް ކަރަންޓު ޖެހި ފަރުވާދެނީ

ރ. އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ. ފުލުހުން ދެންމެ ބުނީ އުނގޫފާރުގައި ކުޑަކުދިންގެ ޕާކު ކައިރީގައި ހުރި...

23 May 2024 | 10:45

ރ. އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ފުލުހުން ދެންމެ ބުނީ އުނގޫފާރުގައި ކުޑަކުދިންގެ ޕާކު ކައިރީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑެއްގައި ކުޅެންތިބި ކުދިންތަކެއް ކަރަންޓު ޖެހި އެކަން މެންދުރު 1:30 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި ހާދިސާގައި އަނިޔާވެފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 12 އަހަރުގެ އަންހެން ކުއްޖަކަށް، ކުއްޖާއާއި މީހާވެސް އުނގޫފާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން، މަންޒަރު ދުއް ކުއްޖަކު އަނބުރައިގަނެގެން އެކުއްޖާއަށްވެސް އަންނަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ދެ ކުއްޖަކަށް ފަރުވާދެމުން އަންނައިރު އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އުނގޫފާރު ޑޮޓް ކޮމް ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި އެ ކުދިންނަށް ކަރަންޓު ޖެހުނީ މަގުބައްތިއަކުންނެވެ.

މި ޚަބަރަށް އެކި މަސްދަރުތަކުން ލިބޭ މައުލޫމާތު އަދި ދިމާނުވާތީ ކުދިންގެ އުމުރާއި އަދަދާއި ޖިންސު މުޅިން ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް