އދ ސެންޓާރާ ރިސޯޓުގައި މޫދަށް އެރިގެން އުޅުނު ފަތުރުވެރިޔަކު ގެނބެމުން ދަނިކޮށް ސަލާމަތް ކުރަން ފޭބި ދިވެއްސަކު ގެނބިގެން ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު 11:05 ހާއިރު އެ ރިސޯޓުން މީހަކު ގެނބިގެން ދަނގެތި ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.
ގެނބެމުން ދިޔައި ފަތުރުވެރިޔާ ސަލާމަތްކުރަން ފޭބި ދިވެހި މީހާ، ގެނބިގެން ހާލު ދެރަވެ ވަނީ ދަނގެތި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ދަނގެތި ސިއްހީ މަރުކަޒުން ބުނީ، އެ މީހާ ސިއްޙީ މަރުކަޒަށް ގެންދިޔައި އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.
ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ގެނބުނު ކަމަށް ބުނާ ފަތުރު ވެރިޔާގެ ހާލު ރަގަނޅުކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް