ރޭ ދަންވަރު ގަން ފްލައިޓް ކެންސަލް ކުރަންޖެހުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން: މޯލްޑިވިއަން

ރޭ ދަންވަރު އައްޑޫ ސިޓީ ގަމަށް ކުރަން އޮތް ދަތުރު ކެންސަލްކުރަންޖެހުނީ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމުގައި މޯލްޑިވިއަން އިން ބުނެފިއެވެ. އެގޮތުން އެ އެއާލައިނުން ދެންމެ އެކްސްގައި ކ...

23 May 2024 | 07:05

ރޭ ދަންވަރު އައްޑޫ ސިޓީ ގަމަށް ކުރަން އޮތް ދަތުރު ކެންސަލްކުރަންޖެހުނީ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމުގައި މޯލްޑިވިއަން އިން ބުނެފިއެވެ.

އެގޮތުން އެ އެއާލައިނުން ދެންމެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ އޭ320 ދިމާވި  ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެން، ގަން ފްލައިޓް ކެންސެލްކުރެވިފައިވާ ވާހަކަ ހިތާމައާއިއެކު ދަންނަވާކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ލިބޭ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ކެންސަލްވި ފްލައިޓުން ދަތުރުކުރަން ތިބި ޕަސިންޖަރުން އެހެން ފްލައިޓްތަކުގައި ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް