މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ނެރެފައިވާ އޮރެންޖު އިންޒާރުގެ ވަގުތު މިއަދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑަކު ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތަށް ވަރަށް ގަދަ ވާނެކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖު އިންޒާރު ނެރެފައެވެ.
އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފައިވަނީ މިއަދު މެންދުރު 11:15 އިން މެންދުރުން އަނބުރާ 15:15 ގެ ނިޔަލަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް