ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާރޕާސަން އަލްފާޟިލް ޙަސަން ޒަރީރު މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ބީއެމްއެލްއިން ބުނީ، ޒަރީރު އިސްއުތިއުފާދެއްވާފައިވަނީ ކޮމިޝަން ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެން ކަމަށެވެ.
ޒަަރީރަށް ކޮމިޝަން އޮފް ޓެކްސޭޝަންގެ މަގާމަށް މަޖިލީހުން ރުހުން ދީފައިވަނީ މި މަހު 14 ވަނަ ދުވަހުއެވެ.
ބޭންކު ހިންގާ ގަވައިދުގައިވާ ގޮތުން، ބޭންކުގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރުން އައްޔަން ކުރާ އަށް މެންބަރުންނާއި އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާއެކު ޖުމުލަ11 މެންބަރުންގެ މައްޗަށްށެވެ.އެގޮތުން ޒަރީރު އިސްތިއުފާ ދިނުމާއި ގުޅިގެން މިވަގުތު ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުންކަމަށް ބެންކުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ދެމަގާމު ހުސްވެފައިވަނީ ސަރުކާރުން އައްޔަން ކުރައްވާ މެންބަރުންގެ މަގާމު ހުސްވުމާއި ގުޅިގެން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ޒަރީރު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާރޕާސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ މި އަަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް