ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު، ކުރީގެ ނޫސްވެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވަނީ ބަލަމުން އަންނަ ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ.
ބަލަމުން އަންނަނީ ސުލޫކީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މޫސާ ވަޖުދީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރަކުވެސް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ. އަދި އޭގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ތިން ނައިބަކުވެސް މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވެއެވެ.
ވަޖުދީއަކީ ވަރަށް ދިގު މުއްދަތަކަށް ހަވީރު ނޫހުގައި މަސައްކަތްކޮށްފައިވާ ދުވަސްވީ، ކުރީގެ ނޫސްވެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް