ކައްދުއަށް ދަތުރުކުރި ފްލައިޓެއް މޫސުން ގޯސްވެ ލޭންޑު ކުރެވޭގޮތް ނުވެ އަލުން އަނބުރާ މާލެއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ދަތުރުކުރި ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ކައްދޫގައި ލޭންޑު ކުރެވޭގޮތްނުވެ އަލުން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކޮށްފިއެވެ...

22 May 2024 | 22:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ދަތުރުކުރި ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ކައްދޫގައި ލޭންޑު ކުރެވޭގޮތްނުވެ އަލުން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކޮށްފިއެވެ.

މޯލްޑިވިއަންގެ DQA2168 ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކައްދުއަށް ދަތުރު ފެށީ މިރޭ 10:30 ހާއިރުގައެވެ. ވައިބާރުވެ މޫސުން ގޯސްވުމުގެ ސަބުން ނުޖެއްސި އެތައް އިރަކު އެ ސަރަހައްދުގައި ބުރު ޖެހުމަށްފަހު އެ ފްލައިޓް އަނބުރާ އަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކޮށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ފްލައިޓް ޖައްސާފައިވަނީ މިރޭ 12:30 ހާއިރުގައެވެ.

އެ ފްލައިޓުން ދަތުރުކުރި ބައެއް ޕަސިންޖަރުން ބުނެފައިވާގޮތުގައި މޫސުން ގޯސްވެ ފްލައިޓް ޖެއްސޭގޮތް ނުވިކަން އިއުލާނުކުރި ވަގުތަކީ ހިތް ނުތަނަވަސްވި އަދި މޫސުން މިހާ ގޯސްކަމުން ހިތް ބިރުގަތް ކަމެކެވެ. އެ ފްލައިޓްގެ ދަތުރުވެރިން އަލުން އިތުރު ދަތުރެއް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކައްދޫ އެއާޕޯޓަށް ފަށާފައިވާއިރު ފަހުން ފެށި ދަތުރުގެ އަޕްޑޭޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް