ޑިމޮކްރެޓްސް ބައިގަނޑަށް ބޮޑުތަނުން ނޫނެކޭ ބުނުން ލާޒިމު: ޝުޖާއު ހުސެއިން

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ އާ ޕާޓީ، ދި ޑިމޮކްރެޓްސް އަށް ބޮޑުތަނުން ނޫނެކޭ ބުނުން ލާޒިމްކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އަދަދު ނޫހަށް އީވާ ދެއްވި އި...

23 May 2023 | 17:31

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ އާ ޕާޓީ، ދި ޑިމޮކްރެޓްސް އަށް ބޮޑުތަނުން ނޫނެކޭ ބުނުން ލާޒިމްކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އަދަދު ނޫހަށް އީވާ ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅަކަށް ޓްވިޓާގައި ދެއްވި ރައްދެއްގައެވެ.

އެ ވީޑިއޯގައި އީވާ ހާމަކޮށްދެއްވަނީ އީވާ ރައީސް ސޯލިހާ ހިތްޕުޅާ ނުވާ ނުވަތަ ނުވި ސަބަބުތަކެވެ.

"އައްޗީޑި، ދިވެހި ރައްޔިތުން ވިސްނަވާ، މިވެރިންގެ ގޭގެ އެތެރޭގެ ކޯޅުމަށް ދައުލަތުގެ ކަންކަން މި ބޭނުން ކުރައްވަނީ" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ، އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވެފައިވެއެވެ.

https://twitter.com/alameershujau/status/1660991972868509699

ޝޫޖާއު އިތުރަށް ވިދާޅުވެފައިވަނީ ގައުމަށްޓަކައި އަދި މުސްތަގްބަލަށްޓަކައިވެސް ޑިމޮކްރެޓްސް އަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް