މަޖިލީހުގެ ރައީސް ކަމުން ދުރު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ދުރު ނުކުރެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަ...

23 May 2023 | 15:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ދުރު ނުކުރެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެމްޑީޕީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުގައި ކުރެވުނު ބަހުސްއެއްގައި އެވެ.

ނަޝީދު ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް ނިސްބަތްކޮށް އީވާ ވަކި ކުރަން ހުށަހެޅުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައި އެވެ. އަދި  "ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ." ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އަދި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަ ވަރަކަށް މަޖިލީސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބިރު ދައްކަވަމުންދާ ކަމަށެވެ. އެހެން ވިދާޅުވުމުން މެމްބަރުން ވަނީ ނަޝީދު މޮޮޔަފުޅުވެފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ކަމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.

މެމްބަރުންނަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ނިޔާޒު ވިދާޅުވީ އީވާ ވަކި ކުރަން ހުށަހެޅުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު މިވަގުތު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް