މާލެ ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މެންބަރު ސަޢުދު މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި މަގުމަތީގައެވެ.
އަދި އެކްސިޑެންޓްވުމަށް މެދުވެރިވީ ހައިވޭގައި ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި މެންބަރު ސަޢުދަށް ބޮޑެތި އަނިޔާތަކެއް ވެފައި ވާއިރު ލިބިވަޑައިގެންނެވި ޒަކަމްތަކަށް މިހާރު ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަޢުދަށް ލިބިވަޑައިގެންނެވި އަނިޔާއާއި ގުޅިގެން ސާޖަރީއެއް ހެދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް