50 މެމްބަރުންގެ ސޮޔާއި އެކު އީވާ މަގާމުން ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ. މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ50 މެމްބަރުންގެ ސޮޔާއި އެކު އެވެ. 0% 0% ...

23 May 2023 | 08:49

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ50 މެމްބަރުންގެ ސޮޔާއި އެކު އެވެ.

0%

0%

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.

އީވާ ވަކި ކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރޭޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އީވާ ކުރައްވަން ފެއްޓެވުމުންނެވެ.

އީވާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް މުގުރާލާފައިވާތީ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގެ ބޭނުމުގައި އޭނާ އެމްޑީޕީގައި ނުހުންނަވާނެ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުގައި87 މެމްބަރުން ތިބި އިރު އީވާ ވަކި ކުރުމަށް ބޭނުން ވަނީ44 މެމްބަރުން ވޯޓެވެ. އެމްޑީޕީގައި މި ވަގުތުވެސް55 މެމްބަރުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް