މަސް ދުވަސްތެރޭގައި މަކުނުދޫ އެއާޕޯޓު އަޅަން ބަޔަކާއި ހަވާލު ކުރަނީ

ހދ. މަކުނުދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަސް ދުވަސް ތެރޭގައި ބަޔަކާއި ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މި އެއާޕޯޓު އެޅުން ލަސްވާތީ އެކަމާއި ގު...

23 May 2023 | 08:42

ހދ. މަކުނުދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަސް ދުވަސް ތެރޭގައި ބަޔަކާއި ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި އެއާޕޯޓު އެޅުން ލަސްވާތީ އެކަމާއި ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރެއްވީ މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ އެވެ.

މިނިސްޓަރު ވިދާޅުވީ މަކުނުދޫ އެއާޕޯޓު ހިމެނޭހެން ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރަން އިއުލާނުކުރި ފަހުން، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފަރާތާއެކު ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ.

އަސްލަމް ބިދާޅުވީ ބިޑް ހުށަހެޅި އިރު ހުށަހަޅާފައި ނުވާ ބައެއްކަންކަން މިހާރު އެ ކުންފުނިން ހުށަހަޅަމުންދާ ކަމަށެވެ.

މަކުނުދޫ އެއާޕޯޓުގެ އިތުރުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް