ވަގު ޑޮލަރުން މީހެއްގެ އަތުން ފޯނެއް ގަތް މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން މީހެއްގެ އަތުން ފޯނެއް ގަތް މީހަކު ހައްޔަރުކޮށްފި އެވެ. އެގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މ. މޮޑަންހައުސް، އަހްމަދު ނަޒީހް އިސްމާއީލް ...

23 May 2023 | 08:17

ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން މީހެއްގެ އަތުން ފޯނެއް ގަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މ. މޮޑަންހައުސް، އަހްމަދު ނަޒީހް އިސްމާއީލް 28އ އެވެ.

އަދި އޭނާ އަށް ތުހުމަތުކުރަނީ މަކަރާއި ހީލަތް ހެދުމާއި، ފޯޖު ކުރުމާއި، މަނީ ލޯންޑަރިން އާއި އަދި ކައުންޓާ ޓެރަރިޒަމްގެ ތުހުމަތެވެ.

މިގޮތުން ކޯޓު އަމުރުގައިވާ ގޮތުން ނަޒީހް ވަނީ މީހެއްގެ އަތުން ފޯނެއް ގަތުމަށްފަހު ސައްހަ ނޫން ޑޮލަރުތަކެއް އެމީހާގެ އަތަށް ދީފަ އެވެ.

މީގެ އިތުރުން ނަޒީހް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް