ގައްބަރޭ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގާ ހޯދަމުންދިޔަ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނ...

23 May 2023 | 04:09

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގާ ހޯދަމުންދިޔަ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކ. މާލެ، މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (32އ) ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވުމުން ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ގައްބަރޭ ހޯދަން އިއުލާނުކޮށް ފުލުހުން ބުނެފައިވަނީ ގައްބަރޭ ހޯދަމުން އަންނަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގައްބަރޭ ހިމެނޭހެން ގްރޫޕަކުން ހަމަލާ ދިނީ މެންބަރު ހަސަން ޒަރީރަށެވެ.

މި މަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި އެމްޕީ ޒަރީރަށް ބަޔަކު ހަމަލާ ދީފައިވަނީ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ.

ޒަރީރާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފަސް މީހުންގެ ގްރޫޕަކުން އޭނާއަށް ހަމަލާދިން ސަބަބު އެނގިވަޑައެއް ނުގަންނަވައެވެ.

އެ ގްރޫޕުން އެމްޕީ ޒަރީރަށް ދިން ހަމަލާގައި ލިބިލެއްވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް