ބައެއް ކައުންސިލް ގޮނޑިތަކާއި އަދި މަޖްލިސް އިންތިހާބީ ދާއިރާތަކުގެ ރައީސްކަމުގެ މަގާމްތައް ހުސްވެފައިވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ހުޅުވާލައިފިއެވެ.
އެގޮތުން އެ ޕާޓީން ބުނެފައިވަނީ ޕާޓީގެ މެންބަރުންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށާއި އަދި ޝައުގުވެރިކަން ފާޅުކުރުމަށް 10 ޖޫން 2023ގެ ނިޔަލަށް އެމްޓީޑީ އޮފީހުގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ ނުވަތަ 7944789 ފޯން ނަންބަރަށް ގުޅުއްވުން އެދޭކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ހުސްވެފައިވާ މަގާމްތަކަށް ޕާޓީގެ ކައުންސިލުން އިންތިހާބުކޮށް އައްޔަނުކުރަމުން ގެންދާނެ ކަމުގައިވެސް އެމްޓީޑީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް