މިހާރު ޗައިނާގެ ސިނޮމިން ރިސޯސް ގްރޫޕުގެ ހިއްސާ އޮންނަ ޒިމްބާބުވޭގެ އެންމެ ބޮޑު ލިތިއަމް މައިން ބިކިޓާ މިނަރަލްސްގެ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްފައިވާ ކަމަށް ނިއު ޒިމްބާބުވޭއިން ރިޕޯޓްކޮށްފި އެވެ.
މިގޮތުން މަސްވިންގޯ މައިން ހިންގުން 7 ދުވަހަށް ސަސްޕެންޑުކުރީ ލޯކަލް ވޮޗްޑޯގްއެއް މި މައިންގައި ލޫޓުވުމުގެ ކަންކަން ކުރިއަށްދާ ކަމަށް ބުނެ ތުހުމަތު ކުރި މައްސަލަ ބެލުމުގެ ގޮތުންނެވެ.
މައިންސް އެންޑް މައިން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ޕޮލިޓޭ ކަމްބަމޫރާ ވަނީ މިދިޔަ ހަފްތާގައި އިންޓަ މިނިސްޓްރީ އޮޑިޓަކަށް ފަހު ހޯދުނު ހޯދުންތަކުގެ އަލީގައި މި މައިން ހިންގުން ވަގުތީގޮތުން ސަސްޕެންޑް ކުރިކަން ކަށަވަރުކޮށްދީފައެވެ.
ސެންޓަރ ފޯ ނެޗުރަލް ރިސޯސް ގަވަރނަންސް (ސީއެންއާރުޖީ)ގެ ޑިރެކްޓަރު ފަރައި މަގޫވޫ ވަނީ މެއި މަހުގެ ދެވަނަ ދުވަހު އެ މައިންގައި ލިތިއަމް ބޮޑުތަނުން ފޭރިގަނެފައިވާ ކަމަށް ބުނެފަ އެވެ. މިގޮތުން ދުވާލަކު 42 ޓްރަކްގެ ލިތިއަމް އޯރ އެތަނުން ފޭރެމުންދާ ކަމަށް ނިއު ޒިމްބާބުވޭއިން ރިޕޯޓްކޮށްފައިވެއެވެ.
860 މަސައްކަތްތެރިން ވަޒީފާ އަދާކުރާ ބިކިޓާ މިނަރަލްސްގައި 11 މިލިއަން ޓަނުގެ ލިތިއަމް ހުންނައިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު މައުދަން ޖަމާވެފައިވާ ތަނެވެ.
މި މައިނާ ގުޅުންހުރި މައްސަލަތައް ބަލުމަށް މައިން ބަންދުކުރިޔަސް، މިކަމުގެ އިތުރު ތަފްސީލް އަދި ނުލިބެއެވެ. ނަމަވެސް މައްސަލަ ބަލާ ނިމުމުން މައިން ހުޅުވާނެ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދިނެވެ.
ޒިމްބާބުވޭގެ ހަމައެކަނި ލިތިއަމް އުފައްދާ މައިން އަދި އެފްރިކާގެ އެންމެ ދުވަސްވީ އެއް މައިން ކަމަށްވާ ބިކިޓާ މިނަރަލްސް އާއި ޗައިނާގެ ސިނޮމިން ރިސޯސް ގްރޫޕުން މިދިޔަ އަހަރު 180 މިލިއަން ޑޮލަރުގެ އެއްބަސްވުމަކުން ހަވާލުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް