މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހަމަ އެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިއަހަރު ރާއްޖެއަށް، ދިނުމަށް ކަނޑައަޅާފައިވަނީ 453 ކޯޓާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެކަން ރަސްމީކޮށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ވަގުތު ކުޑަތަން ވެފައިވާތީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހަޅައި، އިވެލުއޭޓް ކުރުމަށް ވަގުތު ނެތްކަމަށެވެ. އެ މިނިސްޓްރީން ބުނީ ކޯޓާ އިތުރު ކުރުމަށް ސައުދީ ސަރުކާރާއި އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރު ހަމަޖައްސާފައިވ ާގޮތުން ހައްޖު ކޯޕަރޭޝަނަށް ދޭ453 ކޯޓާގެ ތެރެއިން100 ކޯޓާއަށް މީހުން ހަމަޖައްސާނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އާންމުކޮށް ހުޅުވާލާ ފުރުސަތުގައި ހައްޖަށްދާން މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި މީހުންނަށްވެސް ވަކިން ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާންމުންގެ ތެރެއިން100 މީހުންނަށް ފުރުސަތު ދިނުމުގައި އަމަލު ކުރާނެ އުސޫލު ހައްޖު ކޯޕަރޭޝަނުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް