ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލާ ބިލެއް ހުށަހަޅަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ. މި ބިލް ހުށަހަޅަނީ އެމްއެންޕީގެ ފަރާތުންނެވެ. މިކަން ހާމަ ކުރެއްވީ އާ...

23 May 2022 | 13:38

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

މި ބިލް ހުށަހަޅަނީ އެމްއެންޕީގެ ފަރާތުންނެވެ. މިކަން ހާމަ ކުރެއްވީ އާންމުންނަށް ނޭނގި ޕާޓީތައް ބަދަލު ކުރާ މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އީސީއިން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު އެކަން އެގޮތަށް ހިންގާނެ ކަމަށެވެ. އެކަން ހުއްޓުވަން އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން ވަރަށް އަވަހަށް މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް