ކުރީގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގެ ލަންޑަންގެ ފުޓުބޯޅަ ޓީމެއްގެ ކޯޗު ކަން ކޮށްދެމުން އެބަދެ އެވެ.
އަލީ ވަހީދު ފިލައިގެން ގޮސް އިނގިރޭވިލާތުގައި އުޅުއްވަނީ ޖިންސީ ގޯނާ މައްސަލައިގަ ދައުވާ އުފުލާފައިވަނިކޮށް ކޯޓަށް ފިލައިގެންނެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މަސްސަލާގައި އެވެ.
އޭނާ ކޯޗުކަން ކޮށްދެމުން ދަނީ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީ އަށެވެ.
އަލީގެ ޓުވިޓާގައި ބުނެފައިވާ ގޮތުގައި ދުވެފައި ނުދެވެންޏާ ހިނގާފައި ވެސް ހުވަފެނީ މަންޒިލަށް އަމާޒު ހިފަން ޖެހޭ ކަމަށާއި އިރާދަފުޅުން ކާމިޔާބު ވާނެ ކަމަށެވެ. ޕްރިމިއަ ލީގުގެ ކުރީގެ ކްލަބު ލަންޑަނުގެ ކްއީންސް ޕާކް ރޭންޖާސް ސްޓޭޑިއަމްގައި ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހި ފުޓުބޯޅައިގެ އިންގިލާބީ ސޮފްހާއެއް ކުރަހާނެ ކަމަށް ބުނެފައިވެ އެވެ.
އަލީ ބުނީ އޭނާގެ ހެޑް ކޯޗު ކަމުގެ ދަށުން ފާއިތުވި ހަފްތާގެ ތެރޭގައި އިނގިރޭސި އެފްއޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑައްޔާއި ގްރެންފެލް މެމޯރިއަލް ކަޕްގެ ރިހި މެޑެލް އެ ޓީމު ހޯދާފައިވާ ކަމަށެވެ. މި ކާމިޔާބާއި އެކު ރާއްޖޭގެ ފުޓްބޯޅަ ކުރިމަގަށް ބިނާކުރަން ފަށަން ޖެހޭ ހިސާބު އޭނާ އަށް ދެނެގަނެވިއްޖެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސީޔާސީ ކުށްވެރިއެއްގެ ގޮތުގައި އިނގިރޭސި ވިލާތަށް އަމިއްލަ އަށް އަރުވާލައިގެން ހުރި ދުވަސްވަރު އިނގިރޭސި އެފްއޭގެ ކޯޗިން ލައިސެންސެއް ބަލަކު ވަނީ ހޯދައިފަ އެވެ.
https://twitter.com/ali20waheed/status/1528292334722600961
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް