އަބްރަމް ބަލަހައްޓާ ނޭނީ ދެކެ، ޝާހްރުކްގެ ސަޕޯޓަރުން ރުޅިއަތުވެއްޖެ!

ބޮލީވުޑްގެ ކިންގް ހާން، ޝާހްރުކް ހާންގެ ހަގު ފިރިހެން ދަރިފުޅު އަބްރަމް ހާނަށް ހެދިގޮތަކުން އެ ކުއްޖާ ބަލަހައްޓާ ނޭނީ ދެކެ ސަޕޯޓަރުން ރުޅި އަތުވެއްޖެ އެވެ. އިއްޔެ ޕަޕަރާޒީން އާންމު ކުރި ވީޑިއޯއެއްގައި...

23 May 2022 | 10:36

ބޮލީވުޑްގެ ކިންގް ހާން، ޝާހްރުކް ހާންގެ ހަގު ފިރިހެން ދަރިފުޅު އަބްރަމް ހާނަށް ހެދިގޮތަކުން އެ ކުއްޖާ ބަލަހައްޓާ ނޭނީ ދެކެ ސަޕޯޓަރުން ރުޅި އަތުވެއްޖެ އެވެ.

އިއްޔެ ޕަޕަރާޒީން އާންމު ކުރި ވީޑިއޯއެއްގައި ފެންނަނީ ނޭނީ، އަބްރަމް ގޮވައިގެން ކޮންމެސް ތަނަކުން ނުކުމެގެން އަންނަ ތަނެވެ. އަތުގައި އަބްރަމްގެ ދަބަސް އޮވެ އެވެ.

އެ ވީޑިއޯ ބެލި ޝާހްރުކްގެ ސަޕޯޓަރުން ރުޅިއައީ، އަބްރަމަށް ހިނގޭ ވަރަށްވުރެ ބާރަށް އޭނާ ދަމަމުން ކަހަލަ ގޮތަކަށް ނޭނީ ގެންދާތަން ފެނުމުންނެވެ. އަދި އަބްރަމް ކާރަށް އަރަނިކޮށް، އަރާލެއް ލަސްކަމުން ނޭނީ، އަބްރަމް ކާރު ތެރެއަށް ކޮށްޕާލާތީ އެވެ.

ހިތްހަމަ ނުޖެހުން ފާޅު ކުރި މީހުން ބުނެފައިވަނީ އެ އަންހެން މީހާ ކުޑަ ފިރިހެއް ކުއްޖަކު އެ ގެންދަނީ ދަމަމުން ކަމަށެވެ. އަދި އެހާ ރަހުމު ކުޑަގޮތަކަށް އަމަލު ކުރަނީ ކީއްވެތީ އަހާފައިވެ އެވެ.

https://www.instagram.com/p/Cd21f2PqfTE/

ގިނަ ބަޔަކު އަބްރަމް ސިފަ ކުރަނީ ވަރަށް މަޑުމައިތިރި އަދި ތަރިންގެ ދަރިންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް