އެމްޑީޕީގެ ޗެއާޕާސަންކަމާއި ފައްޔާޒް، ރަސްމީކޮށް ހަވާލުވެވަޑައިގެންފި

އެމްޑީޕީގެ ޗެއާޕާސަން ކަމާއި ފައްޔާޒް އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ. އެމްޑީޕީގެ އޮފީހުން ބުނީ އެމަގާމާއި އޭނާ ހަވާލުވެވަޑައިގެންފައިވަނީ މިއަދު ކަމަށެވެ. މަގާމާއި ހަވާލުވެވަޑައިގެންނ...

23 May 2022 | 09:13

އެމްޑީޕީގެ ޗެއާޕާސަން ކަމާއި ފައްޔާޒް އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ އޮފީހުން ބުނީ އެމަގާމާއި އޭނާ ހަވާލުވެވަޑައިގެންފައިވަނީ މިއަދު ކަމަށެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ފައްޔާޒް ވަނީ ޕާޓީގެ ސެކްރެޓޭރިއަޓާއި އެހެން މުވައްޒަފުންނާއި ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް، ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާ ފައްޔާޒް އެ މަގާމަށް ހޮވުނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ވާދަކޮށްގެންނެވެ.

ފޯރި ގަދަ ކެމްޕެއިނަކަށް ފަހު މިމަހު 12 ވަނަ ދުވަހު ބޭއްވި އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓުންނެވެ. އެ އިންތިހާބުގައި46 ހާހަށްވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ވޯޓުލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް